ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-D/2016/77
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 16 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިޚާބު 2016

އިޢުލާން

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިޚާބު 2016

2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމް.ބީ.އޭ) ގެ ހިންގާ ކޮމެޓީގެ އިންތިޚާބުގައި، ފުރިހަމަ މެންބަރު ކުލަބް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަންދޫބުން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު 2016 އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ހ.ވެލާނާގެ، 10 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށަހެޅުއްވުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 13:30 އެވެ. ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ކަމަށް ބުނެފައިވާ ލިޔުންތައް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށްފަހު ފޯމު ބަލައިގަތްކަމުގެ ލިޔުން ހޯއްދެވުން އެދެމެވެ.

08 މުޙައްރަމް 1438

09 އޮކްޓޫބަރު 2016