މަސައްކަތް
ނަންބަރު: (IUL)25-A2/1/2016/22
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 16 އޮކްޓޫބަރު 2016 11:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިނިސްޓްރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ނަންބަރު: (IUL)25-A2/1/2016/21 (22 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ތިރީގައި ތަފުސީލު ދެވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  • މިނިސްޓްރީގެ ގޯތިތެރޭގައި ގަސް އިންދައި ޒީނަތްތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް
  • މިނިސްޓްރީގެ ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅިތަކާއި މިނިސްޓްރީގެ ގޯތިތެރޭގައި މޯޝަން ޑިޓެކްޓަރ ބޮކި ހަރުކޮށް، ކަރަންޓުގެ މައްސަލަ ޙައްލުކުރުން.
  • މިނިސްޓްރީގެ ފާޚާނާތަކެއްގައި ކުރަންޖެހިފައިހުރި ހުރިހާ މަރާމާތުގެ މަސައްކަތް ކުރުން.
  • ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅީގެ ތެރޭގައި ކުލަ ލުމާއި، މިނިސްޓްރީގެ އިމާރާތުގެ ބޭރާއި ގަރާޖު އަދި ސެކިއުރިޓީރޫމުގައި ކުރަންޖެހޭ މަރާމާތު ކުރުމަށްފަހު ކުލަލުން.  
  • ޓެރަހުން ފެންލީކްވުން ޙައްލުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.

10 އޮކްޓޫބަރު 2016