ކުއްޔަށް ހިފުން
ނަންބަރު: MTCC-PD/IU/2016/0164
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 12 އޮކްޓޫބަރު 2016 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ އަތޮޅުތަކުގެ ފެރީ ނިޒާމުގައި ބޭނުންކުރާ ހަބް ހުންނަ ރަށްރަށުން ކޮޓަރި ކުއްޔަށްދޭނެެ ފަރާތެއް ހޯދުން

އެމްޓީސީސީގެ އަތޮޅުތަކުގެ ފެރީނިޒާމުގައި ބޭނުންކުރާ ހަބް ހުންނަ ރަށްރަށުން ކޮޓަރި ކުއްޔަށްދޭނެެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 15:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 15:00 އަށް އެމްޓީސީސީގެ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، ސިޓީއުރައިގައި ބަންދުކުރައްވާފައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

09 އޮކްޓޫބަރު 2016