ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ (ވެމްކޯ)ގެ ދަށުން ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 10:00 އަށް މި ކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރާ ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެެ. އަދި ބީލަން ހުށަހަޅުއްވަންވާނީވެސް މި އެޑްރެހަށެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ.ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު
ޕޯސްޓަލްކޯޑް: 20161
މާލެ، ދިވެހިރާއްޖެ.
ފޯން ނަންބަރު: 3000584
ފެކްސް ނަންބަރު: 3000584