ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||
އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަންގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: 123-A/IUL/2016/34 ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރަމެވެ. |
|||
މަޤާމް: |
އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ) |
||
މުސާރައާއި ޢިނާޔަތްތައް: |
1. މުސާރަ: -/11،000 ރުފިޔާ 2. ޑެއިލީ އެލަވަންސް: -/276 ރުފިޔާ |
||
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން. 3. އުމުރުން 55 އަހަރު ވެފައި ނުވުން.
|
||
މަޤާމުގެ މަސްއޫލިއްޔަތު: |
ކޮމިޝަނުގެ އިދާރީ ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގައި، ބެލެހެއްޓުން. |
||
ހުށަހަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. 2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. 2. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީއާއި، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. 3. އޯލެވެލާއި، އޭލެވެލް ސެޓުފިކެޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް. 6. ދިވެހި ރައްޔިތެއަކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. 7. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. |
||
ސުންގަޑި: |
2016 އޮކްޓޯބަރު 23 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން. |
||
އިތުރު މަޢުލޫމާތު: |
1. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ. 2. އެޕްލިކޭޝަން ފޯމު، އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. 3. އިންޓަވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ. 4. ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.acc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ. 6. ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ. 7. ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 8. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3015217 ނަންބަރު ފޯނަށް، ނުވަތަ 3015200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3317182 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
||
9 މުޙައްރަމް 1438 |