މަސައްކަތް
ނަންބަރު: (IUL)459-A/1/2016/175
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 13 އޮކްޓޫބަރު 2016 09:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ފިޔަވަތިހިޔާގެ އެއަރ ކޮންޑިޝަންތައް 1 އަހަރުދުވަހުގެ މުއްދަތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގާ ފިޔަވަތިހިޔާގެ އެއަރ ކޮންޑިޝަންތައް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހު 09:30 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހު 9:30 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016