ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2016/12
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 27 އޮކްޓޫބަރު 2016 00:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓންޓް އެއަރވާދިނަސް އިންޖިނިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓންޓް އެއަރވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

އެއަރވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

މުސާރައާއި އެލަވަންސް:

އިންޑަސްޓްރީގެ މުސާރަތަކާއި އެލަވަންސްތަކާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ. މާލެ

ފެންވަރު ނުވަތަ ޝަރުޠު:

1. ޑިޕޮލަމާ އިން އިންޖިނިއަރިންގ އޮތުމާއެކު، އިއާސާ 147 ނުވަތަ އެމް.ސީ.އާރު 147 ސެޓުފިކެޓު އިން އެއާކްރާފްޓް މެއިންޓެނަންސް  އިންޖިނިއަރިންގ  އޮތުމާއި،  އޯލެވަލް  އިނގިރޭސިއާއި  ހިސާބުން  ދަށްވެގެން  "ސީ"  ފާސް ލިބިފައިވުމާއެކު، އެސް. އެސް. ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ. ތަކުގައިވާގޮތުގެމަތީން އެސިސްޓެންޓް އެއަރވާދިނަސް އިންޖިނިއަރެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަމުން ގެންދިއުން.

2. ތިރީގައިވާ މަސައްކަތްތަކަށް އެހީތެރިވެދިނުން:

2.1. ވައިގެ ދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން އަދި އައިކާއޯގެ ސޭފްޓީ ސްޓޭންޑަރޑްސް އެންޑް ރެކޮމެންޑަޑް ޕްރެކްޓިސަސްއާ އެއްގޮތްވާގޮތުގެމަތީން ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އެއަރވާދިނަސްއާބެހޭ ގަވާއިދުތަކާ އުސޫލުތައް ބަލައި، މުޠާލިޔާކޮށް، އިޞްލާޙުކޮށް ހަރުދަނާކުރުމާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮށްގެން ވައިގެ ދަތުރުފަތުރުގެ ސަލަމާތްކަން އިތުރަށް ހަރުދަނާކުރުމަށް ސީނިއަރ އެއަރވާދިނަސް އިންޖިނިއަރަށް އެހީތެރިވެދިނުން.

2.2. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓާއި، އެހެނިހެން ސީރިއަސް ހާދިސާތައް ތަޙުޤީޤުކޮށް، މިކަންކަމުގެ އަލީގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތްކަން އިތުރުކުރެވޭނެ ގޮތްތައް ހުށަހެޅުން.

2.3. މަތިންދާބޯޓުފަހަރު ރަޖިސްޓްރީކުރުން، ޑީރެޖިސްޓްރީކުރުން، 'ޓައިޕް ސެޓުފިކެޓު'/ސަޕްލިމެންޓަރީ ޓައިޕް ސެޓުފިކެޓު' އެކްސެޕްޓްކުރުން.

2.4. މަތިންދާބޯޓުފަހަރުގެ އެއަރވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި، އެއަރވާދިނަސް ރެކޯޑްތަކާއި ޕްރޮސީޖާތައް ހުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުމާއި، މި ކަންތައްތަކަށް ބޭނުންވާ ސެޓުފިކެޓުތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

2.5. ކޮންޓިނިއުއިން އެއަރވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިންގ އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް، އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދާތަކާ އެއްގޮތަށްތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އަޅައި، ސެކްޝަނުގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުމާއި، މިކަންތައްތަކަށް ބޭނުންވާ ސެޓުފިކެޓުތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

2.6. ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިމުނަށް ރަޖިސްޓްރީކުރާ ކުންފުނިތަކަށް ހުއްދަދިނުމުގައި ބަލަންޖެހޭ ކަންތައްތައްބަލައި، އެތަންތަން ހިނގަނީ ސިވިލް އޭވިއޭޝަންސްގެ ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި، ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅައި، ސީނިއަރ އިންޖިނިއަރ/ސެކްޝަނުގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުމާއި، މިކަންތައްތަކަށް ބޭނުންވާ ސެޓުފިކެޓުތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

2.7. "އެއާކްރާފްޓް މެއިންޓެނަންސް ލައިސެންސް" އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާކުރުމާއި، އެސް އޯ ޕީ އާ އެއްގޮތަށް ލައިސެންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ލައިސެންސް ދޫކުރުން.

2.8. އެގްޒެމްޕްޝަންއަކަށް ނުވަތަ ކޮންސެޝަންއަކަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުޠާލިޔާކޮށް، މިކަމުގައި ގޮތެއް ނިންމުމަށްޓަކައި އެހީތެރިވެދިނުން.

2.9. ދިވެހިރާއްޖެއާއި ބޭރުގެފަރާތްތަކާ ގުޅިގެން އެއަރވާދިނަސްގެ ރޮނގުން ހިންގާ މަޝްރޫޢުތަކާ ޕްރޮގްރާމްތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން.

2.10  އެއަރވާދިނަސް ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާއި، ލައިސަންސްތަކާއި، އެގްޒެމްޕްޝަންތަކާއި، އެޕްރޫވަލް، އޯޑިޓްތަކާ ގުޅޭ އެންމެހައި ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން.

2.11 "މޮޑިއުލް 10 – އޭވިއޭޝަން ލެޖިސްލޭޝަން" އިމްތިޙާނު އެސް އޯ ޕީގައިވާ ގޮތުގެމަތީން ކުރިއަށްގެންދިއުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

1- އެއަރކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް އޮތް ފަރާތަކަށްވުން.

2- ޑިޕްލޮމާ އިން އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން.

3- އެއަރކްރާފްޓް މެއިންޓަނަންސްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ގެ ކުރިން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް.

ހުށަހަޅަންޖެހޭ ލިޔުން:

1- ވަޒީފާއަށް އެދޭ ފޯމު (މި އޮތޯރިޓީގެ www.caa.gov.mv/forms.php ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ފޮޓޯކޮޕީ.

އިންޓަވިއު ކުރުން:

އިންޓަވިއުއަށް ހާޒިރުކުރެވޭނީ، ފޯމު ހުށަހަޅާފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކެވެ.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016