ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||||
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ބޭނުންވާ އަދަދު: 1 (އެކެއް) |
|||||
މުސާރަ: |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މުސާރައިގެ %35 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
||
އޮފީސް: |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ |
ޑިވިޜަން/ސެކްޝަން: |
މިނިސްޓަރސް ބިއުރޯ |
||
މަސައްކަތްކުރަންޖެހޭ ތަން: |
މިނިސްޓްރީ |
||||
މަޤާމުގެ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- މިނިސްޓްރީއަށް އީ-ގަވަރަމަންޓް ތްރޫކޮށް އަންނަ ލިޔުންތައް، ކަމާގުޅޭ ސެކްޝަންތަކަށް ރޫޓްކުރުން. - މީޑިއާއަށް މިނިސްޓްރީން ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފޮނުވައި، ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. - މިނިސްޓަރ ރާއްޖެތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުން. - ސީނިއަރ މެނޭޖްމަންޓް މީޓިންގތައް އިންތިޒާމްކުރުމާއި މީޓިންގެ ޔައުމިއްޔާ ގަވައިދުން ލިޔެ ބެލެހެއްޓުން. - މިނިސްޓަރ އަރިހަށް އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ އެޕޮއިންޓްމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، އެޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - މިނިސްޓަރ އެކިއެކި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތަކާއި ކަރުދާސްތައް ތައްޔާރުކުރުން. - އެކިއެކި މުނާސަބަތުތަކާ ގުޅިގެން މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ސަޕްލިމެންޓްތައް ތައްޔާރުކުރުން. |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން. - މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު. - މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު. - ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެކިޔުން ތައްތައްޔާރުކުރުމުގެ ޤާބިލްކަން ހުރި މިންވަރު. - ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު. |
މަޤާމް: ލީގަލް އޮފިސަރ ބޭނުންވާ އަދަދު: 1 (އެކެއް) |
|||||
މުސާރަ: |
މަހަކު -/10020 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/3600 ރުފިޔާ |
||
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މުސާރައިގެ %35 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: |
CS9-2 |
||
އޮފީސް: |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ |
ޑިވިޜަން/ސެކްޝަން: |
ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން |
||
މަސައްކަތްކުރަންޖެހޭ ތަން: |
މިނިސްޓްރީ |
||||
މަޤާމުގެ ޝަރުޠު:
|
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ލީގަލް ޔުނިޓްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. - މިނިސްޓްރީގެ ފަރާތުން އެކުލަވައިލަންޖެހޭ ޤާނޫނާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޢަމަލުކުރަމުންދާ ޤާނޫނާއި ގަވައިދުތައް އިޞްލާޙްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން. - އެކިއެކި ކަންކަމުގައި މިނިސްޓްރިއަށް ޤާނޫނީ ލަފާދިނުން. - މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާދިނުން. - މިނިސްޓްރިއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް، ދައުލަތުން މިނިސްޓްރީގެ ފަރާތުންދާ މައްސަލަތަކުގައި ކޯޓަށް ދިއުން. |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން. - ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު. - މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު. - މިނިސްޓްރީން ޢަމަލުކުރަމުންދާ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. |
||||
މަޤާމް: ރިސާރޗް އޮފިސަރ ބޭނުންވާ އަދަދު: 1 (އެކެއް) |
|||||
މުސާރަ: |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މުސާރައިގެ %35 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
||
އޮފީސް: |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ |
ޑިވިޜަން/ސެކްޝަން: |
ފިޝަރީޒް މެނޭޖްމެންޓް |
||
މަސައްކަތްކުރަންޖެހޭ ތަން |
މިނިސްޓްރީ |
||||
މަޤާމުގެ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން. - ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތްކުރުން. - މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުން ރާވައި ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން. - ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން. - މޮނިޓަރިންގ، ކޮންޓްރޯލް އެންޑް ސަރވައަލަންސަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން - މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު. - ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު. |
||||
ޢިނާޔަތްތައް: |
- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހިރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ ރާއްޖޭގެ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެ ކޮޕީއާއި، ރާއްޖެއިން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) - މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން. - ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ. |
||||
މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިހާނު ކުރުން: |
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. |
||||
ސުންގަޑި: |
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. |
||||
އިތުރު މަޢުލޫމާތު: |
- އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.fishagri.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި މެންދުރުފަހު 2:00 އާ ދެމެދު، 3339244 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
8 މުޙައްރަމް 1438