ދިވެހިރާއްޖެ
އިޢުލާން
ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް މީހަކު ބޭނުންވެއްޖެ: ބޭނުންވާ އަދަދު: 01 އުޖޫރަ (މަހަކަށް): -/25000 (ފަންސަވީސް ހާސް) ރުފިޔާ މަސައްކަތުގެ ވަގުތު: ކަނޑައެޅިފައިވާ ތާވަލްއަކާ އެއްގޮތަށް މަސައްކަތް ނިންމުން. މުއްދަތު: 04 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން). ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު: ޓާރމް އޮފް ރެފަރެންސެންގައި ހިމެނިފައި. މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން: މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.
- އުފެއްދުންތެރިކަން - ގާބިލްކަން ހުރި މިންވަރު ހުށަހަޅަންޖެހޭ ލިޔުންތައް:
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އިމްތިހާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިމްތިޙާނާއި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2016 އޮކްޓޫބަރު 24 އާއި 2016 އޮކްޓޫބަރު 31 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. 5 މުޙައްރަމް 1438 |