ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ
|
ވަޒީފާގެ ދާއިރާ:
|
ކ.ވިލިގިލި އަވަށު އިންޖީނުގެ
|
ބޭނުންވާ އަދަދު:
|
01
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:
|
މަހަކު -/10,150ރ. އާއި -/20,000ރ. އާ ދެމެދު.
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން.
|
ދާއިރާގެ މައިގަނޑު މަސައްކަތް:
|
- ވަގުތީކަރަންޓާއި، ދާއިމީ ކަރަންޓަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންތައް ރާވައި ހިންގުން.
- ކަރަންޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތްދިނުމާއި ދިމާވާ މައްސަލަތައް ބަލައި ކަސްޓަމަރުންނަށް ވީހާވެސް ލުއި، އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން،
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ގަތުމަށް ބޭނުންވާ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބޭނުންކުރެވޭ ތަކެތީގެ ފެންވަރު ބަލައި މޮނިޓަރ ކުރުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
- ވައިރުޓެސްޓް ކުރުމާއި މީޓަރ ޓެސްޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- ލޯވޯލްޓޭޖް ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން.
- މީޑިއަމް ވޯލްޓޭޖް ޓްރާންސްފޯމަރ އަދި ސްވިޗް ގިއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްކުރުން.
- ޖަނަރޭޓަރުތަކަށް ދިމާވާ އިލެކްޓްރިކަލް އަދި ކޮންޓްރޯލް މައްސަލަތައް ދެނެގަނެ ޙައްލުކުރުން
- ޖަނަރޭޓަރުތަކުގެ ސިންކުރޮނައިޒް ޕެނަލްބޯޑަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން
- ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ޑިޒައިންކޮށް އަމަލީ ގޮތުން މަސައްކަތް ރާވާ ހިންގުން.
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ
|
ވަޒީފާގެ ދާއިރާ:
|
ހުޅުމާލެ އިންޖީނުގެ
|
ބޭނުންވާ އަދަދު:
|
01
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:
|
މަހަކު -/10,150ރ. އާއި -/20,000ރ. އާ ދެމެދު.
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން.
|
|
- ހުޅުމާލޭ އިންޖީނުގޭގައި ކުރަން ހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލްކުރުމާއި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
- މަސައްކަތަށް ބޭނުންވާ ޓޫލްސްއާއި ސްޕެއަރތަކަށް އޯޑަރކުރުން.
- އިންޖީނުތަކާއި، ކޮންޓްރޯލްޕެނަލް އަދި ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗައް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުން.
- އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
- ޕެނަލްތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:
|
2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ
|
5 މުޙައްރަމް 1437
|