ދިވެހިރާއްޖެ
މަޤާމް :ގްރެފިކްސް ޑިޒައިނަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: 21 ސެޕްޓެންބަރު 2016 ގައި މި މިނިސްޓްރީން ކޮށްފައިވާ (IUL)138-AS4/1/2016/194 ނަންބަރުގެ އިޢުލާނުން ތިރީގައިވާ މަޤާމަށް މީހަކު ހޯދަން އިޢުލާންކުރުން، އެ މަޤާމުގެ ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ. މި މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ މަސައްކަތާ ގުޅިގެން، އޯޑިއޯ ވިޜުއަލް މެޓީރިއަލްސް ތައްޔާރުކުރުމަށާއި، ބިލްބޯޑުތައް ފަރުމާކުރުމަށް 2 އަހަރުދުވަހުގެ މުއްދަތަށް، މި މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގައި މަސައްކަތްކުރުމަށް "ގްރެފިކްސް ޑިޒައިނަރ" މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދަން ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ސުންގަޑި: މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެމީހެއްގެ ވަނަވަރާއެކު، މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް: ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004340 ފެކްސް: 3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 8 މުޙައްރަމް 1438 |