ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-HR/1/2016/60
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 18 އޮކްޓޫބަރު 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :3

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ރޭންކް:

އެސް.އެސް 3 

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،

އޮފީސް، ރަށް:

ސުނާމީ ބިނާ މައިޒާން، ޕަބްލިކް ވަރކްސް ސަރވިސަސް، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސައިޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ސައިޓް ކުނިކަހައި ސާފުކުރުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިންކުރުން.

3. ސުޕަވައިޒަރުގެ ލަފާގެމަތިން ސައިޓުގައި ކުރާ މެކޭނިކަލް، ވެލްޑިންގާއި ކާޕެންޓްރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

4. މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގައި، ތަކެތި ހަމަކުރުން.

5. ސައިޓުގައި ގެންގުޅޭ ވެހިކަލްތަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ޙައްލުކުރުމަށް ޓެކްނީޝަނުން މަސައްކަތްކުރަމުންދާ ވަގުތުތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

6. ސުޕަވައިޒަރުގެ ލަފާގެމަތިން ވެހިކަލްތަކަށް މުދާ އަރުވައި ބޭލުމާއި، މަސައްކަތަށް ބޭނުންވާ ސާމާނު އެއްތަނުން އަނެއްތަނަށް ގެންދިއުން.

7. ސައިޓުގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.

8. މަސައްކަތްކުރާ ވަގުތުގައްޔާއި މަސައްކަތް ހިނގަމުންދާ ތަނުގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެންނާއި، އޮފީހުގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެމަތިން ސަމާލުވެގެން މަސައްކަތްކުރުން.

9. މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންދިއުމަށްޓަކައި ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ޑިއުޓީ އުސޫލުން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮކްޓޫބަރު - ނޮވެންބަރުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލޭ) ގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޕަބްލިކް ވަރކްސް ސަރވިސަސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ [email protected] ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕަބްލިކް ވަރކްސް ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް، ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016