ކުއްޔަށް ދިނުން
ނަންބަރު: 2016/99
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 13 އޮކްޓޫބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ގައްދޫ ޞިނާޢީ ސަރަޙައްދުގެ A ޒޯނުން ތެޔޮ ވިއްކުމަށްޓަކައި 3 ވަނަ ނަންބަރު ބިން ކުއްޔަށް ދޫކުރުން:

ގައްދޫ އައިސް ޕްލާންޓް ސަރަޙައްދުގެ ޞިނާޢީ ބޭނުންތަކަށް ކަނޑައެޅިފައިވާ 3 ނަންބަރު ބިން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް މި އިދާރާއިން 5 ސެޕްޓެންބަރު 2016 ގައި ކުރި ނަންބަރު 2016/94 އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނުއިރު، އިޢުލާނުގައިވާ ގޮތަށް ޢަމަލުކުރެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 އަށް ގައްދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރުއާއި ބީލަން ހުށަހަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއާއި، އެ ފަރާތެއްގެ ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް އަދި ދެންނެވުނު ފަރާތުގެ ބަދަލުގައި އަންނަ ފަރާތަކުން އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ބީލަމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމާއި މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016