ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2016/91
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 20 އޮކްޓޫބަރު 2016 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު

މަޤާމް :ޕަރމަނަންޓް ސެކްރެޓަރީ
ބޭނުންވާ އަދަދު :1

އިޢުލާން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލުން:

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ. ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެދަށުން، މި މަޤާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި،  ޒިންމާއާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓް ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނުކުރުމުގެ ކްރައިޓީރިއާ، މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، މި ކޮމިޝަނުގެ 3307336 ނަންބަރު ފޯނަށް، ނުވަތަ 3307334 ނަންބަރު ފޯނަށް، ނުވަތަ 3307326 ނަންބަރު ފޯނަށް، ނުވަތަ 3307329 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމުގެ ޝަރުޠު:

1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާއަށް ކުރިމަތިލާ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކުރައްވާފައިވުން. އަދި؛

2. ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވުން.

މުސާރައާއި ޢިނާޔަތްތައް:

1. މުސާރަ: މަހަކު -/20،500 ރުފިޔާ

2. ލިވިންގ އެލެވަންސް: މަހަކު -/15،000 ރުފިޔާ

ކުރިމަތިލެއްވުމުގެ މުއްދަތާއި ކުރިމަތިލައްވާނެ ގޮތް:

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ  ބޭފުޅުން، ތިރީގައިމިވާ ލިޔުންތައް، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

1. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެއްވޭނެއެވެ.)

2. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ އިޤްރާރު (މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި އިޤްރާރު ޑައުންލޯޑު ކުރެއްވޭނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކުރައްވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކުރައްވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރެއްވިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރެއްވިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކުރައްވާފައި ނުވިނަމަވެސް)

7. ފުރިހަމަކުރައްވާފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކުރައްވާފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރެއްވި މުއްދަތާއި، ކުރެއްވި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިމްތިޙާންކުރުމާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުއްވުން:

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާން ދިނުމާއި، އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމާއި، އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުއްވުން، 30 އޮކްޓޫބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދު މާލޭގައި އޮންނާނެއެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނާއި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށާއި، އިންޓަވިއުއަށް ހާޒިރުވެވަޑައިަގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016