ކުއްޔަށް ހިފުން
ނަންބަރު: B-MAI/IUL/2016/40
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 13 އޮކްޓޫބަރު 2016 10:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ކޮޓަރި ކުއްޔަށް ހިފުން

އިޢުލާން

18 ކޮޓަރި ކުއްޔަށް ހިފުން

2017 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ ޢަރަބި މުދައްރިސުން ބޭތިބުމަށްޓަކައި، މާލެ ނުވަތަ ވިލިނގިލިން، ވަކިވަކިން ހުރި 18 ކޮޓަރި ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު B-MAI/IUL/2016/35 (27 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ކޮޓަރި ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާ (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީ ހިސާބު ބަލައިގަތުން

13 އޮކްޓޯބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 10.00އަށް

19 އޮކްޓޯބަރ 2016 ވާ ބުދަ ދުވަހުގެ 10.00 އަށް

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016