ކުއްޔަށް ދިނުން
ނަންބަރު: (IUL)226-E/PRIV/2016/23
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 18 އޮކްޓޫބަރު 2016 10:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުރަށެއް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފަޅުރަށެއް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

ހދ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މި އަތޮޅުގެ ފަޅުރަށްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)226-E/226/2016/17 (8 އޮގަސްޓު 2016) އިޢުލާނުގައިވާ ރަށްތަކުގެ ތެރެއިން ތިރީގައިވާ ރަށް ބެލެހެއްޓުމަށް އެދި އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާންކުރީމެވެ.

#

ރަށް

ހެކްޓަރު

1

ކައްޓަލަފުށި

2.3

ވީމާ، މިރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 އަށް އަތޮޅު ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުގެތެރެއިން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ޤަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016