ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ފުޓްބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމާއި، ފުޓްބޯޅަދަނޑަށް އިތުރުކުރި ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހުގެ އިތުރުން "ފިއްލަދޫ ފުޓްބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމާއި، ފުޓްބޯޅަދަނޑަށް އިތުރުކުރި ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.
2 މުޙައްރަމް 1438