ކުއްޔަށް ދިނުން
ނަންބަރު: (IUL)321/321/2016/104
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 13 އޮކްޓޫބަރު 2016 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށްދިނުން

އިޢުލާން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި މެރީޑިއަމް ސަރވިސްއަށް ކުރިން ދޫކުރި ބިން، (2000 އަކަފޫޓުގެ ބިން) ތެލުގެ ވިޔަފާރިކުރުމަށް 15 އަހަރަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއަކުންނެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓްރޭޝަން ސެޓުފިކެޓު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ރަޖިސްޓްރޭޝަނުގެ ކޮޕީއެއް ހުށަހަޅާންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ ރަސްމީ ލިޔުމެއް ކައުންސިލް އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016