ކުއްޔަށް ދިނުން
ނަންބަރު: (IUL)306/306/2016/101
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 23 އޮކްޓޫބަރު 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑު އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

ބިޑް އުސޫލުން ދިގުމުއްދަތަށް ކުލީބިން ދޫކުރުމާބެހޭ

މިރަށުގެ ބަނދަރު ސަރަހައްދުން ޢާންމު ވިޔަފާރި ކެޓަގަރީގެ 2 ބިމާއި، ތެލުގެ ވިޔަފާރި ކުރުމަށް ޚާއްޞަކުރެވިފައިވާ 1 ބިން،  ބިޑު އުސޫލުން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި 3 ބިމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނުކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ވީމާ، މި 3 ބިން، ބިޑް އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

އަދި ބިޑްޑޮކިއުމެންޓްތައް 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 އިން ފެށިގެންް މި ކައުންސިލުން ގަންނަން ލިބޭނެ ވާހަކަވެސް ދަންނަވަމެވެ.  

މަޢުލޫމާތު ދިނުން:

  • 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00 ގައި (ރަސްމާދޫ ކައުންސިލުގެ އިދާރާގައި)
ބިޑްު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ:
  • 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި (ރަސްމާދޫ ކައުންސިލުގެ އިދާރާގައި)

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ރަސްމީ ސިޓީއެއް އެތަނެއްގެ ލެޓަރހެޑްގައި ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ދިނުމާއި، ބިޑް ޑޮކިޔުމަންޓްސް ހަވާލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލުގެ ނަންބަރު 6580049 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި ކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުމުންވެސް އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 މުޙައްރަމް 1438 

06 އޮކްޓޫބަރު 2016