މަސައްކަތް
ނަންބަރު: (IUL)426-AA/426/2016/224
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 12 އޮކްޓޫބަރު 2016 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްޕޯސްޓް ހަރުކޮށް، ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ ހުޅުދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް، ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް

އައްޑޫސިޓީގެ ހުޅުދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AA/426/2016/173 އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

މައުލޫމާތު ދިނުން އޮންނާނީ، 2016 އޮކްޓޫބަރު 12 ވާ އަންގާރަދުވަހުގެ 13:00 ގައި އައްޑޫސިޓީގެ ހުޅުދޫއަވަށުގެ އޮފީހުގައާއި، މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. ހުޅުދޫއަވަށުގެ އޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މި އިދާރާއިން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:00 ގައެވެ.

މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016