ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2016/97
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 18 އޮކްޓޫބަރު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ގަތުމަށް

އިޢުލާން

ސައުންޑް ސިސްޓަމް ގަތުމާބެހޭ:

ހަނިމާދޫ ކައުންސިލުގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބޭނުން ކުރުމަށާއި، ރަށު ފެންވަރުގައި ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބޭނުން ކުރުމަށްޓަކައި ސައުންޑް ސިސްޓަމެއް ގަތުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސައުންޑް ސިސްޓަމް ގަނެގެން މި ކައުންސިލާ ހަމައަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 23 ވާ އަންގާރަދުވަހުގެ 10:30 އަށް މި ކައުންސިލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ތަކެތި ގެނައުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާންކުރީމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016