ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ޕިކަޕެއް ހޯދުމާ ގުޅޭ:
މި އިދާރާގެ ނަންބަރު: (IUL)/305/305/2016/84 (27 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.
ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، 2 (ދޭއް) ޓަނުގެ ޕަވަރގޭޓް އާޕިކަޕެއް ގަނެގެން ރ. މާކުރަތަށް ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މާކްސް ދެވޭ ގޮތުގެ ތަފުސީލު
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމެޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމެޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު އަންދާސީހިސާބު ކާމިޔާބުކުރެވުނު ފަރާތްތަކަށާއި ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
މާކްސްދެވޭ ކެޓަގަރީ |
މާކްސްދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު
|
% 80
|
- މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް - މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާ ކުރާ އަގާ އަޅާބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރެޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކެއް ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. |
(benchmark price/submitted price) x allocated percentage |
ތަޖުރިބާ |
% 10 |
- ޕިކަޕު ރާއްޖެ ގެނެސް ގަނެ ވިއްކައި، މަރާމާތުކޮށް، ރޯޑުވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި ކުރެވިފައިވާ މަސައްކަތުގެ މިންވަރު. - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ މިންވަރާ އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ބެންޗްމާކެއްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
(submitted years of experience/ benchmark years) x allocated percentage |
މުއްދަތު |
% 10
|
- މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތްކުރުމަށް ހުށަހަޅާ އެންމެކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތަކަށެވެ. |
(benchmark delivery period / submitted delivery period) x allocated percentage |
އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 ގައި މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.
- އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބުތައް ހުށަހަޅާ ގަޑިގައި ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
- މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
4 މުޙައްރަމް 1438