މަސައްކަތް
ނަންބަރު: IUL)342/INDIV/2016/38
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 18 އޮކްޓޫބަރު 2016 20:31
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޓިންގހޯލާއި ސައިކޮޓަރި ހިޔާކޮށް ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކައުންސިލުގެ ގޯތިތެރޭގައި ޢިމާރާތްކޮށްފައިވާ މީޓިންގހޯލާއި ސައިކޮޓަރި ހިޔާކޮށް ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުގެ ގޯތިތެރޭގައި ޢިމާރާތްކޮށްފައިވާ މީޓިންގހޯލާއި ސައިކޮޓަރި އަމިއްލަ ތަކެތީގައި ހިޔާކޮށް ކަރަންޓުވައިރުކޮށް، ހޮޅިތަކާއި ފޮށިތައް ފާރުގައި ވަޅުލައި، ސިމެންތިޖަހައި، ތަޅުން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 20:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 20:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016