މަސައްކަތް
ނަންބަރު: A-352/2016/051
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 13 އޮކްޓޫބަރު 2016 11:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. އދ. ދަނގެތީގެ ވަށައިގެންވާ މޫދުގައިވާ ހުއިގަނޑު ނެގުމާއި، ގިރާ ސަރަޙައްދުގައި ތޮށިގަނޑު ޖެހުމާއި، ރަށުގެ ފަޅުގެ ދެކުނުގައި ފިނޮޅެއް ހިއްކުމަށްޓަކައި ހަދަންޖެހޭ އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓެންސީއާއި ރިޕޯޓު ތައްޔާރުކުރުން.

2. އދ. ދަނގެތީގެ ބަނދަރު ހެދުމުގެ މަޝްރޫޢާ ގުޅިގެން ހިއްކާފައިވާ ސަރަޙައްދުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސާވޭކޮށް، އިން ވަކިކޮށް، ކުރަހައިދޭނެ ފަރާތެއް ހޯދުން. (މީގެތެރޭގައި އެ ސަރަހައްދުގައި ހަދާ ތަންތަނުގެ އާކިޓެކްޗަރަލާއި ސްޓްރަކްޗަރަލް ޑިޒައިންކުރުން ހިމެނެއެވެ.)

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ ސެޝަނެއް 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައި އޮންނާނެކަމުގައި ދަންނަވަމެވެ.

މި މަސައްކަތާބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016