ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2016/158
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 13 އޮކްޓޫބަރު 2016 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ތިރީގައި މި ދަންނަވާ މަޤާމަށް، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު:                ޖެނެރަލް މެނޭޖަރ

ބޭނުންވާ އަދަދު:           1    

ޑިޕާޓްމަންޓް:            ކޮންސްޓްރަކްޝަން އެންޑް ޕްރޮކެޖްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:         (ތަފުސީލު، ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެ)

މަސައްކަތް ކުރަންޖެހޭ ތަން:   އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:

  • ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  • ކޯޕަރޭޓް ބިޒްނަސްއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު 2 އަހަރުދުވަހު އެގްޒެކެޓިވް މަޤާމެއް ފަދަ ޒިންމާދާރު މަޤާމެއް (ޖެނެރަލް މެނޭޖަރ ނުވަތަ ވައިސް ޕްރެޒިޑެންޓް ފަދަ) އަދާކޮށްފައިވުން.
  • ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ބަޖެޓިންގ، ސޭލްސް، ބިޒްނަސް ޑިވެލޮޕްމަންޓް އަދި ސްޓެރެޓެެޖިކް ޕްލޭނިންގ ފަދަ ކަންކަމުގެ މަޢުލޫމާތު ލިބިފައިވުމާއެކު، އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ މަޢުލޫމާތު އެނގިފައިވުން. އަދި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލައި ލަފާދެވޭ އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދެމެހެއްޓުމުގެ ހުނަރާއި ޤާބިލުކަން ހުރުން.
  • މީހުންނާ އެންމެ ރަނގަޅަށް މުޢާމަލާތުކުރުމާއި ޢާންމު ތަންތަނުގައި ވާހަކަ ދެއްކުން. އަދި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން.
  • ކޯޕަރޭޓް ގަވަރނަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • އިނގިރޭސިބަހުން އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މި ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު، ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައި ވާނެއެވެ. މި މަޤާމުގެ ޓަރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ގެ ހެޑްއޮފީހަށް "ޖޮބް އެޕްލިކޭޝަންފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332 / އީމެއިލް: [email protected]

ނޯޓު: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

4 މުޙައްރަމް 1438

06 އޮކްޓޫބަރު 2016