ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގެ ޢިމާރާތުގެ ބޭރަށް ވާގޮތަށް ބަހައްޓާފައި ހުރި ދޮރުތަކާއި ދޮރުފަތްތައް، އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމަށާއި، މުޅި އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލައި އެތެރޭގެ ދޮރާއި، ދޮރުފަތްތަކުގައި ދަވާދުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެރިވެލައްވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހު 13:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަން ކަނޑައެޅިފައިވާ ދުވަހު މަސައްކަތާބެހޭ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެ ކަމުގައި ދަންނަވަމެވެ. މި މަސައްކަތުގެ މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
މި އިޢުލާނަކީ ކުރިން ކުރެވުނު ނަންބަރު: (IUL)H4C-G/2016/06. އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެއް ފަރާތަކުން ކަމަށްވާތީ ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނެކެވެ.
1- 1 ބޮޑުދޮރު ދެފަޅި
2- 2 ކަނީގެ 10 ކުޑަދޮރު
3- 3 ކަނީގެ 3 ކުޑަދޮރު
4- ކޯޓުގެ ޢިމާރާތުގެ އެތެރެއާއި ބޭރު ފާރުތަކުގައާއި ސީލިންގގައި ކުލަލުމާއި ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން. (ކޯޓުން ދައްކާ ކުލައެއް)
04 މުޙައްރަމް 1438