ދިވެހިރާއްޖެ
| ވަޒީފާގެ ފުރުޞަތު | |
| މަޤާމުގެ ނަން: ސޯޝަލްމީޑިއާ އެންޑް އައި.ޓީ އެގްޒެކެޓިވް | މުސާރަ: މަހަކު -/6,600 ރުފިޔާ އެލަވަންސް: މަހަކު -/4,400 ރުފިޔާ | 
| ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ އައި.ޓީ އެންޑް ރިސާޗް ސެކްޝަން | ބޭނުންވާ އަދަދު: 1 | 
| ޝަރުޠު: - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސޯޝަލްމީޑިއާ / އައި.ޓީ. ގެ ދާއިރާގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | |
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މި ކޯޕަރޭޝަނުގެ އައި.ޓީ އެންޑް ރިސާޗް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުން. - މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަދި ސޯޝަލް ނެޓްވާކަށް އަޕްލޯޑް ކުރުން. - މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ވެބްސައިޓް، އަދި އީމެއިލް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ އައި.ޓީ ގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން. - މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު އަޕްޑޭޓްކުރުން. - މި ކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކާއި އެކި ކަންކަމަށް ބޭނުންވާ ތަކެތި ޑިޒައިންކޮށް ގްރެފިކްސް މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެ މަސައްކަތްތައް ކުރުން. - މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން. | |
| ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. | |
| ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.) | |
| :އިތުރު މަޢުލޫމާތު 
 ސިޓީ އެޑްރެސް ކުރައްވާނީ: ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން | |
| 5 މުޙައްރަމް 1438 | |