ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2016/90
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 13 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ (ސީ އެމްބިއުލަންސް)

ވަޒީފާގެ ފުރުޞަތު

ރ. އުނގޫފާރުގައި އޮންނަ ސީ އެމްބިއުލަންސަށް ކޮންޓްރެކްޓް އުސޫލުން މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސްޕެޝަލް ޑިއުޓީ އެލަވަންސަށް ދޭ މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމު އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި ޔުނީފޯމް އެލަވަންސަށް މުޅި ޖުމުލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި،  ޝިފްޓް ޑިއުޓީ އެލަވަންސާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން.

ރ. އުނގޫފާރުގައި އަދި ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަޅާ އިންޖީނާއި، ޑީސަލް އިންޖީނުއަޅާ ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް ރައްކާތެރިކަމާއެކު ގެންދިއުން.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

05 މުޙައްރަމް 1438

06 އޮކްޓޫބަރު 2016