ކުއްޔަށް ހިފުން
ނަންބަރު: MTCC-PD/IU/2016/0156
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 03 އޮކްޓޫބަރު 2016 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުން ކުރުމަށް މުދާ އުފުލާ 1 ދޯނި ކުއްޔަށްހިފުން: (ދެވަނަ ގޮވާލުން)

އިޢުލާން

އެމްޓީސީސީގެ ފެރީ ނިޒާމުގެ މާލެ - ހުޅުމާލެ ސެކްޓަރަށް، މި ކުންފުނިން ދޭ މިންގަނޑުތަކަށް ފެތޭ،  ދިގުމިނުގައި 80 ފޫޓާއި 85 ފޫޓާ ދެމެދު، ފުޅާމިނުގައި 27 ފޫޓާއި 29 ފޫޓާ ދެމެދުގެ 1 ދޯނި، ޑްރައިވަރާއި ފަޅުވެރިންނާއެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރު: MTCC-PD/IU/2016/0152) ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، އަންދާސީހިސާބު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

06 އޮކްޓޫބަރު 2016