މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/199
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 18:50
ސުންގަޑި: 27 ނޮވެންބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޅ.ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ތ.ވޭމަންޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) އާއި، އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ޅ.ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ތ.ވޭމަންޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.  

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، 3 ވަނަ ނަންބަރުގައިވާ މަސައްކަތްކުރެވޭނެކަމުގެ ޤާބިލިއްޔަތު ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ޅ. ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވޭޖް ޓްރީޓްމަންޓް ޕްލާންޓު ޤާއިމުކުރުމާއި، ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކު ޤާއިމުކުރުމުގެ މަސައްކަތެވެ. އަދި ތ.ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓު ޤާއިމުކުރުމާއި، މި ތަންތަން ބެލެހެއްޓުމުގެ މަސައްކަތްކުރާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގެއް ޤާއިމުކުރުމެވެ.

4. މި މަޝްރޫޢުގެ މަސައްކަތްތަކުގެ ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފައިނޭންސިންގގެ ދަށުން ޤާއިމުކުރެވިފައިވާ ގުޑްސް އަދި ވޯކްސް ގައިޑްލައިންގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލު (މޭ 2009) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

5. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 އޮކްޓޫބަރު 2016 އިން 1 ޑިސެންބަރު 2016 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތުގެ ސޮފްޓު ކޮޕީ މި މިނިސްޓްރީގެ ވެބްސައިޓު www.finance.gov.mv  އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

6. މި ޕްރޮޖެކްޓްގެ ޕްރީބިޑު ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އީ-މެއިލް އެޑްރެހަށް 2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް ކުރުން އެދެމެވެ.

7. މަޝްރޫޢުގެ ބިޑު ސެކިޔުރިޓީގެ ގޮތުގައި 300,000 (ތިން ލައްކަ) ޔޫ.އެސް.ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2016 ޑިސެންބަރު ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތާއި، ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349106, 9603349107

ފެކްސް: 9603320706

އީ މެއިލް: [email protected]

[email protected]   

10. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓު www.finance.gov.mv ގައި އަޕްލޯޑު ކުރެވިފައި ވާނެއެވެ.

06 އޮކްޓޫބަރު 2016