ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-AD/I/2016/126
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 16 އޮކްޓޫބަރު 2016 02:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ 2 ބޭފުޅުން ބޭނުންވެއެވެ.

އިމްތިޙާނުތަކަށް ކަނޑައެޅޭ ޗީފް އިންވިޖިލޭޓަރުންގެ ޝަރުޠު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ހަވާލުވެ ތިބޭ ޗީފް އިންވިޖިލޭޓަރުންނަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައިވުން

  2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން

  3. ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން

  4. އިމްތިޙާނު ހިންގުމާއި ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން

  5. އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން

  6. އެ މީހަކު އިންވިޖިލޭޓުކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.

  7. އިންވިޖިލޭޓުކުރާ، (އެ އަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން

  8. އިންވިޖިލޭޓުކުރާ، (އެ އަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ކަމުގައި ނުވުން.

*  މަންމަ                             *  ބައްޕަ

*  އަނބިމީހާ                           *  ފިރިމީހާ

*  އެއްބަނޑު އެއްބަފާ މީހެއް                  *  އެއްބަނޑު / އެއްބަފާ މީހެއް

*  ދަރިއެއް                            *  ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް  

  • މުސާރަ:

އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/300 (ތިންސަތޭކަ) ރުފިޔާ

މިކަމަށް އެދޭ ފޯމު މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވެޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3325488 މި ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2016