ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް:
|
-
ރ. އަތޮޅު ފިހާރަ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި، ހުޅަނގުބައި، ދެކުނުފެންޑާ
-
މ. އަތޮޅު ފިހާރަ އިރުމަތީބައި، ދެކުނުފެންޑާގެ ½
-
ތ. އަތޮޅު ފިހާރަ އިރުމަތީބައި (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ½
|
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:
|
ފިހާރަ ކުއްޔަށްދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ.
|
ފޯމު ވިއްކުން:
|
ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2016 އޮކްޓޫބަރު 9އިން 2016 އޮކްޓޫބަރު 11 އަށް، (ސަރުކާރު ބަންދުދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަރުފިޔާ) އެވެ.
|
ފޯމު ވިއްކާ ގަޑި:
|
ހެނދުނު 8:30 އިން މެންދުރު ފަހު 13:30އަށް
|
ބިޑް ހުށަހަޅަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓު ޑިވިޜަނަށް
|
ބިޑް ހުށަހަޅާ ތާރީޚާއި ގަޑިތައް:
|
ފިހާރަ
|
ތާރީޚު
|
ގަޑި
|
- ރ. އަތޮޅު ފިހާރަ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި، ހުޅަނގުބައި، ދެކުނުފެންޑާ
|
16 އޮކްޓޫބަރު 2016 (އާދީއްތަ)
|
09:00
|
- މ. އަތޮޅު ފިހާރަ އިރުމަތީބައި، ދެކުނުފެންޑާގެ ½
|
16 އޮކްޓޫބަރު 2016 (އާދީއްތަ)
|
10:00
|
- ތ. އަތޮޅު ފިހާރަ އިރުމަތީބައި (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ
|
16 އޮކްޓޫބަރު 2016 (އާދީއްތަ)
|
10:30
|
ބިޑު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
-
ބިޑް ސިކިޔުރިޓީގެ ގޮތުގައި -/50,000 (ފަންސާސްހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ގަބޫލެއް ނުކުރެވޭނެއެވެ.
-
ބިޑްހުށަހަޅާއިރު ބިޑުހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
-
ބިޑު ހުށަހަޅާއިރު ބިޑުހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
-
ވަކިފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
-
ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
-
ބިޑު ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.
|
އިތުރު މަޢުލޫމާތު:
|
-
ފިހާރަ ކުއްޔަށް ހިފާ ފަރާތަށް އެ ފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮޒިޓުގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެ ފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެ ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީޖަހާފައިވާ ޗެކަކަށެވެ.
-
ކުލި ހުށަހަޅަންވާނީ ތަނުގައި މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.
|