ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގެ ބޭނުމަށް 2 (ދޭއް) ރޫމުގެ އެޕާޓްމަންޓެއް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރި ނަންބަރު:(IUL)94-Q/1/2016/31 އިޢުލާނަށް އެންމެ އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާނު ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުގެ 14:00 އަށް މި އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
04 މުޙައްރަމް 1437