މަސައްކަތް
ނަންބަރު: (IUL)94-Q/1/2016/34
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 13 އޮކްޓޫބަރު 2016 13:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ފިންގަރ ޕްރިންޓް ލޮކްސިސްޓަމްތަކެއް ހަރުކުރުމާބެހޭ

އިޢުލާން

މި މުއައްސަސާގެ ބޭނުމަށް ފިންގަރ ޕްރިންޓް ލޮކްސިސްޓަމްތަކެއް ހަރުކުރުމަށް ކުރި ނަންބަރު: (IUL)94-Q/1/2016/28 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ މި އިޢުލާނު ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އޮފީހަށް (ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

04 މުޙައްރަމް 1437

05 އޮކްޓޫބަރު 2016