ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
|
މުސާރަ: |
މަހަކު -/6،295 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2،250 ރުފިޔާ |
އޮފީސް: |
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ |
||
މަޤާމުގެ ރޭންކް: |
MS2-1 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ޝަރުޠުތައް: |
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5/4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 4. މަތީގައިވާ ކަންކަމުގެ އިތުރުން، މައިކްރޯސޮފްޓް އޮފީސް ރަނގަޅަށް އެނގުމާއި، ފަރިތަކޮށް ދިވެހިބަހުންނާއި އިނގިރޭސިބަހުން ޓައިޕްކުރަން އެނގުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
- އިދާރީ މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުން. - މުވައްޒަފުންގެ ހާޒިރީއާއި، އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ސުޕަވައިޒްކުރުމާއި، ހާޒިރީއާއި އިތުރުގަޑިއާ ގުޅޭގޮތުން މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުން. - ސެކްޝަނުގެ އެކިއެކި ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން ފަދަ ކަންތައްތައް ބެލެހެއްޓުން. - ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން. - ހުރިހާ ފެކަލްޓީތަކުން މަޢުލޫމާތު ހޯދައިގެން، ޔުނިވަރސިޓީގެ ޔައުމިއްޔާ ގަވާއިދުން ދުވަހުން ދުވަހަށް ލިޔެ، އެ ޔައުމިއްޔާގައި ސޮއިކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން. - މުވައްޒަފުން ތަމްރީނުކުރުމުގެ ކަންތައްތަކުގައި އެހީތެރިވުން. - ކޮންމެ މަހަކު، މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ހެދުން. - އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން. - ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން. - ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. - މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން. |
||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
ނޯޓު: |
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ. - އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ. - އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. - އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. - މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. - މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތްކުރަން ޖެހޭނީ ހެނދުނު 8:00 އާއި 23:00 އާ ދެމެދު 6 ގަޑިއިރުއެވެ. އަދި އެ މުވައްޒަފަކު ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާން ޖެހޭނެއެވެ. |
||
ސިޓީ ފޮނުވަންވީ ތާރީޚު: |
2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް. |
||
އިތުރު މަޢުލޫމާތު: |
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022107 ނަންބަރު ފޯނާއެވެ. - މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. |
4 މުޙައްރަމް 1438