މަސައްކަތް
ނަންބަރު: GS102/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 16 އޮކްޓޫބަރު 2016 12:15
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
އަރިއަޅާލައިފައިވާ ފާރު ނަގައި އާ ފާރެއް ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގައި ހުރި އަރިއަޅާލައިފައިވާ ފާރު ނަގައި އާ ފާރެއް ރޭނުން:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގައި ހުރި އަރިއަޅާލައިފައިވާ ފާރު ނަގައި އާ ފާރެއް ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އަރިއަޅާފައިވާ ފާރު ނަގައި އާ ފާރެއް ރޭނުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތުދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

16 އޮކްޓޫބަރު 2016، 12:15

20 އޮކްޓޫބަރު 2016، 12:15

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާއިރު، އެ ބޭފުޅަކު ތަމްސީލުކުރަށްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (މުއްދަތު ހަމަނުވާ) ގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ ކޮންމެވެސް އެއްފަރާތެކެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                               

06 އޮކްޓޫބަރު 2016