ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ
ރިސްކް އެލަވަންސް: މަހަކު -/2,000 ރުފިޔާ
އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ހާޒިރީ އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: މަޤާމަށް ބޭނުންވާ ދާއިރާއަކުން (ޤާނޫނީ) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިންޓަވިއު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.
ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި އޮފީހަށް ހުށަހެޅުން އެދެމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
2- ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ 3003289 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
4 މުޙައްރަމް 1438