މަސައްކަތް
ނަންބަރު: IUL-D/423/2016/57
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 11 އޮކްޓޫބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ސިމެންތި ޖެހުން އަދި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ސިމެންތި ޖެހުން އަދި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: IUL-D/423/2016/55 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ސިމެންތި ޖެހުން އަދި ފެންސް ޖެހުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީ ކުރެވިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެކަނިކަން ވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ފޯމާއި ޚިލާފަށް ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 މުޙައްރަމް 1438

03 އޮކްޓޫބަރު 2016