ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2016/127
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 13 އޮކްޓޫބަރު 2016 02:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ހިއުމަން ރިސޯސަސް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑިރެކްޓަރ (ހިއުމަން ރިސޯސަސް)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މުސާރަ:

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،250 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

EX1-1

މަޤާމުގެ ޝަރުޠުތައް:

  • އަންނަނިވި ހުރިހާ ތަޢުލީމީ ފެންވަރެއް ހުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެނގުން:

1. 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ތަރައްޤީކޮށް، ބޭނުންކުރަން އެނގުން ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރުދުވަހުގެ ކަމާގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛

2. ފުޅާ ދާއިރާއެއްގައި މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ކަމާގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.

4. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މުވައްޒަފުންނާބެހޭ ކަންތައްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި، ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރާވައި ހިންގުން.

- ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ޗުއްޓީ ދިނުން. 

- މުވައްޒަފުން ޔުނިވަރސިޓީގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށްގެންދިއުން.

- މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތިން ޙައްލު ހޯދައިދިނުން.

- މުވައްޒަފުންގެ ސިޔާސަތުތައް ކަނޑައެޅުމާއި، މަސައްކަތުގެ ގަވާއިދުތައް ތަންފީޒުކޮށް، އަތްމަތީފޮތް ތައްޔާރުކުރުން.

- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، މުވައްޒަފުންގެ ތަމްރީންކުރުމުގެ ކަންތައް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- ޔުނިވަރސިޓީގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

- ޔުނިވަރސިޓީގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓުގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި، ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތެއް ބަރާބަރަށް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ނޯޓު:

- ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016