ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު GS-82/2016/26 (8 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުގެ ގޯތިތެރޭގައި، ވާރޭފެން އަޅާ 5000 ލީޓަރުގެ 4 ކަޅުހަން ބެހެއްޓުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 10:00 ގައި މި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބަދަލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ސިޓިއަކާއި ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއި، އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށްފަހު 19 އޮކްޓޫބަރު 2016 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، މި ސްކޫލުގެ ނަންބަރު 6500535 ފޯނަށް ގުޅުއްވުން އެދެމެވެ.