މަސައްކަތް
ނަންބަރު: GS-177/2016/13
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 10 އޮކްޓޫބަރު 2016 11:30
ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ތްރީފޭސް ކަރަންޓްލުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތްރީފޭސް ކަރަންޓް ލައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގައި ތްރީފޭސް ކަރަންޓްލުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު: GS-177/2016/10 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބައެއް އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ ލިޔެކިޔުންތައް ހަމަނުވުމާއެކު، ޞައްޙަ ތިން ބިޑް ހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:30 ގައި.

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016