ދިވެހިރާއްޖެ
އިޢުލާން
ބޯޓުފަހަރު އަގުކޮށްދޭނެ ފަރާތެއް ހޯދުން:
މިފްކޯގެ ބައެއް ބޯޓުފަހަރު އަގުކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުރި ނަންބަރު 134-HR/I/2016/33 (25 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ އަދަދު މަދުވުމުން، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 14:00 އަށް މިފްކޯ (ހިލާލީމަގު/ މާފަންނު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 14:00 އަށް މިފްކޯ (ހިލާލީމަގު/ މާފަންނު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
3 މުޙައްރަމް 1438