ދިވެހިރާއްޖެ
އިޢުލާން
ވަޔަރލެސް ނެޓްވޯރކް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި އޮފީހުގެ އާ ޢިމާރާތުގެ 8 ވަނަ ފަންގިފިލައާއި 9 ވަނަ ފަންގިފިލާގައި ވަޔަރލެސް ނެޓްވަރކެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 13 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، 20222
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 1441
ފެކްސް: 3307759
އީމެއިލް: [email protected]