ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/139
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 16 އޮކްޓޫބަރު 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:  

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޢިނާޔަތްތައް: 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޑިޕާޓްމަންޓް /ސެކްޝަން:

ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ ފަރުވާ ހޯދަން ހޮސްޕިޓަލަށް އަންނަ މީހުންނަށް މަގުދައްކައިދީ އެހީތެރިވެދިނުން.

2. ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވުން.

3. ޕީ.އޭ.ސިސްޓަމް ޗެކްކޮށް ބެލުމާއި، ކިޔޫއިން ސިސްޓަމުގެ ކަންތައްތައް ރަގަނޅުތޯ ބަލައި ޗެކްކޮށް، މައްސަލައެއް އޮތްނަމަ، އަންގަންވާ ފަރާތްތަކަށް އަންގައި އެކަންކަން އްލުކުރުން.

4. އައި.ޕީ.ޑީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުންގެންދަވާއިރު ކޮޓަރީގެ ބޭރުގައި ކިޔޫގައި ތިބޭމީހުންނަށް އެއްވެސްކަހަލަ މައްސަލައެއް ދިމާވޭތޯ ބަލަމުންގެންދިޔުމާއި، ޑޮކްޓަރ އިންނަވާ ކޮޓަރީގައި ނެތްނަމަ ވީގޮތެއް ބަލައި، ކިޔޫގައިތިބޭ މީހުންނަށް މަޢުލޫމާތު ދެމުންގެންދިއުން.

5. ކޯލް ސެންޓަރުތަކާއި، ކައުންޓަރުތަކުގައި މަސައްކަތްކުރާއިރު އެތަންތަނަށް އަންނަ ކޯލްތަކަށް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުމާއި، މަޢުލޫމާތު ސާފުކޮށްދިނުން.

6. ޑިއުޓީގައި ދިމާވާ މައްސަލަތައް ގަވާއިދުން ނޯޓްކޮށް، ޙައްލުކުރެވޭ ކަންތައް ޙައްލުކުރުމަށްފަހު، ނުކުރޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެމަތިން ޙައްލުކުރަމުން ދިއުން.

7. ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ، މެމޯ ހަދައިދިނުން.

8. ކްރެޑިޓްގެގޮތުގައި ހެދުނު މެމޯތަކުގެ ސްލިޕްތަކާއި، ކެންސަލްކުރެވުނު މެމޯތަކާއި، ސެޓްލްމަންޓް ހެދިފައިހުރި އިންވޮއިސްތަކުގެ މެމޯތައް ކޭޝިއަރާ ހަވާލުކުރުން.

9. އެޑްމިޓްވުމަށް އަންނަ ބަލިމީހުންނަށް އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުން.

10. ޑިއުޓީގައި ލިބުނު ފައިސާގެ ޕީރިއޮޑިކް ރެވެނިއު ޝީޓް ނެގުމުން، އެއަށް ފައިސާ ހަމަކޮށް، އެވަގުތު އިސްކޮށް ޑިއުޓީގައިހުރި ކޭޝިއަރަކާ ހަވާލުކުރުން.

11. ޑިއުޓީގައި ތިބޭއިރު ހޮސްޕިޓަލުގައި ހިނގާ ކަންތައްތަކާއި، ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި، އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެތިބުން.

12. މީޑިޔާއާ ގުޅޭ މައްސަލަތަކުގައި އެހީތެރިވުން.

 

ތަޢުލީމާއި ތަޖުރިބާ:

  1. އެެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަންސް ނުވަތަ ފްރަންޓް އޮފީސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމާއި ދޫކުރުން:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން މެންދުރު 1.30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލައިން.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

1. ވަޒީފާއަށް އެދޭ ފޯމު. 

2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

2016 އޮކްޓޫބަރު 16 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- 2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

- މި ވަޒީފާ އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 15 ފަރާތެއް ޝޯޓް ލިސްޓްކުރުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016