ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި މަދަރުސާގެ ބައެއް ކުލާސްރޫމްތަކުގެ ކޮރިޑޯގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:15 ގައި މި މަދަރުސާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެ ކުރިން އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި ސްކޫލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:30 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، ކޮންމެ ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭ ކުރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
65% |
ހުށަހެޅިފައިވާ އެންމެ ކުޑައަގު |
އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑައަގު /ހުށަހެޅި އަގު |
ތަޖުރިބާ |
5% |
ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު |
މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް/ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް |
މުއްދަތު |
25% |
މަސައްކަތްކުރުމުގެ އެންމެކުރު މުއްދަތު |
އަންދާސީހިސާބުގައި ހުށަހެޅި އެންމެކުރު މުއްދަތު / ހުށަހެޅި މުއްދަތު |
ޤާބިލުކަން |
5% |
ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓުމަންޓާއި ބޭންކް ގެރެންޓީ، ކުރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް |
3 މުޙައްރަމް 1438