މަޤާމް:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ
|
ރޭންކް:
|
އެމް. އެސް 2
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން
|
ޕަރފޯމަންސް މެނޭޖްމަންޓް
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް
|
މަހަކު -/3000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވައިލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން.
- ސިވިލް ސަރވިސްގައި ގާއިމު ކުރެވިފައިވާ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމު އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވަމުން ގެންދިއުން.
- މިހާރު އެކުލަވައިލެވިފައިވާ މަސައްކަތުގެ ފެންވަރު ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެންނައުން.
- ސިވިލް ސަރވިސްގައި އީ-ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން.
- ސިވިލް ސަރވިސްގައި ހިމެނޭ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވައިލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މިހާރު އެކުލަވައިލެވިފައިވާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެންނައުން.
- ސިވިލް ސަރވިސްގެ އިދާރާތަކުގައި ގާއިމު ކުރެވިފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަސައްކަތް ބެލެހެއްޓުން.
- އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ކޮމިޓީތަކުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަހުލުވެރިކުރުވުމާއި ހޭލުންތެރި ކުރުވުން.
- އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އެކަމާގުޅޭ ދިރާސާތައް ކުރުމާއި އެފަދަ ބަދަލުތައް ގެނައުން.
- ސިވިލް ސަރވިސްގެ އިދާރާތަކަށް "ސްޓާރ ރޭޓިންގ" ތައާރަފްކުރުމާބެހޭ ދިރާސާކޮށް، ތަންފީޒުކޮށް، ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- މަގާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ދެވޭ އިމްތިހާނު (ކަނޑައެޅިފައިވާ އިން ސައްތަ: 10%):- ދިވެހި ބަހުން ދެވޭ މި އިމްތިޙާނަކީ އާންމު މާހައުލުގައި ވިސްނުމުގެ ހުނަރު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ.
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %44)
|
އިމްތިޙާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝައް 2016 އޮކްޓޫބަރު 16 އާއި 2016 އޮކްޓޫބަރު 20 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
2 މުޙައްރަމް 1438
|