މަސައްކަތް
ނަންބަރު: A1-MC/2016/08-E
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 16 އޮކްޓޫބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2016 ނޮވެންބަރު 29 ވަނަ ދުވަހުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް، މިކޯޓްގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 11:00 ގައި މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކޯޓުން ތައްޔާރުކޮށްފައިވާ "އަންދާސީހިސާބު ހުށަހަޅާ ފޯމު" މި ކޯޓުން ނަންގަވައި، 23 އޮކްޓޫބަރު 2016 ވާ އާދީއްތަދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެޓުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 ގައި މިކޯޓުގެ ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު އެކަމަށް އެދޭ ފަރާތުގެ ސިޓީ މިކޯޓަށް ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 މުޙައްރަމް 1438  

03 އޮކްޓޫބަރު 2016