ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2016/43
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 25 އޮކްޓޫބަރު 2016 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މި ދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ.

ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު މި މަގާމަށް ހޮވާނެ ވާހަކަ ދަންނަވަމެވެ.

މަޤާމް:               މެޑިކަލް އޮފިސަރ   

ރޭންކް:              އެމް.އެސް 4

ކްލެސިފިކޭޝަން:         މެޑިކަލް ސަރވިސް

މުސާރަ:              މަހަކު -/15,090 ރުފިޔާ

ސަރވިސް އެލަވަންސް:     މަހަކު -/3,500 ރުފިޔާ

ނޮން ޕްރެކްޓިސް:        މަހަކު 5,281/50 ރުފިޔާ

ފުޑް އެލަވަންސް:        މަހަކު -/1,800 ރުފިޔާ

އެކޮމޮޑޭޝަން އެލަވަންސް:  މަހަކު -/2,500 ރުފިޔާ

ބޭނުންވާ އަދަދު:        އެކެއް

ވަޒީފާ އަދާކުރަންޖެހޭ ތަން:   މާލޭ ޖަލު

ފެންވަރު ނުވަތަ ޝަރުޠު:

1- އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޑިގުރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެއް އަހަރުދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 3 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން.

  2. ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުން. (ހަފުތާއަކު މަދުވެގެން އެއް ފަހަރު)

  3. ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

  4. ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރކުރުމާއި ފޮލޯއަޕްސް މޮނިޓަރކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- ތަޢުލީމީ ފެންވަރު.

- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 އޮކްޓޫބަރު ފަންސަވީސް ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫން ކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

- އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަން އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ރެޖިސްޓްރޭޝަން ފޯމު. (ބިދޭސީން)

- ބިދޭސީއެއްނަމަ މި އިޢުލާނުގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމުގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

3 މުޙައްރަމް 1437

04 އޮކްޓޫބަރު 2016