ވަޒީފާގެ ފުރުޞަތު
ނަންބަރު: HZN/IULAAN/2016/06
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 13 އޮކްޓޫބަރު 2016 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ފައިނޭންސް އޮފިސަރ އެންޑް ކޮމްޕެނީ ސެކްރެޓަރީ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓަންޓް ފައިނޭންސް އޮފިސަރ އެންޑް ކޮމްޕެނީ ސެކްރެޓަރީ

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ ސެކްޝަން: ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ޚާއްޞަވެގެންވާ ޒިންމާތައް

  • ކުންފުނިން ތައްޔާރުކުރަންޖެހޭ އެކައުންޓިންގ ސިސްޓަމްތައް ތަޔާރުކުރުމުގައާއި، އުސޫލުތަކާއި ޕޮލިސީތައް ހަދައި އެކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ކުންފުނިން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

  • ޤާނޫނީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހައި ކަންތައްތައް (މީގެ ތެރޭގައި ޓެކްސްއާ ގުޅޭ އެންމެހައި މަސައްކަތެއްވެސް ހިނޭގޮތަށް) ރިޕޯޓުކުރުމާއި، ޑިޕާޓްމަންޓުގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތީން ރިޕޯޓް ކުރުމުގައި އެހީތެރިވެދިނުން.

  • ކުންފުނީގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. (މިގޮތުން ކެޕިޓަލް، މޭންޕަވަރ، އަދި ކުންފުނީގެ އޯވަރހެޑްސްއާއި އެހެނިހެން ވޭރިއެންސް އެނަލިސިސް ތާކާއެކު، ބަޖެޓް ތައްޔާރުކުރުމަށް ޑިޕާޓްމަންޓް ހެޑާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން)

  • އަހަރީ ބިޒްނަސް ޕްލޭނާއި، ކޭޝް ފްލޯ ޕްރޮޖެކްޝަންތަކާއި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން.

  • މާލީ ގުޅުން ތަކާބެހޭގޮތުން މެނޭޖްމަންޓުން ބޭނުންވާ އެޑް-ހޮކް ރިޕޯޓް ހުށަހެޅުން. 

  • ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓުތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަ ކަމާގުޅޭގޮތުން، ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.

  • އޮޑިޓަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު އެކަމާ ގުޅޭގޮތުން އާންމުކޮށް ބަލާ މިންގަނޑުތަކަށް ފެތޭގޮތަށް ކުންފުނީގެ އެކިއެކި ރިޕޯޓްތައް ތައްޔާރުކޮށް ޑިޕާޓްމަންޓް ހެޑަށް ހުށަހެޅުން.

  • ކުންފުނީގެ ސެކެރެޓަރީގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވުން.

ތަޢުލީމީ ފެންވަރު

  • އޭ.ސީ.ސީ.އޭ ޕްރޮފެޝަނަލް ލެވެލް ނިންމާފައިވުން، ނުވަތަ

  • އޭ.ސީ.ސީ.އޭ ސްކިލްސް ލެވެލް ނިންމާފައިވުމާއެކު ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން.

ކޮންޕަންޒޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރި މީހެއްކަމުގައި ވުން.

  • މައިކްރޯސްފްޓް އޮފީސްއާއި، އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.

  • މަލްޓި ޓާސްކްކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން.

  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތް ނިންމައި، ލަނޑުދަނޑިތައް ހާސިލުކުރާ ފަރާތެއްކަމުގައި ވުން.

  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން. 

 މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ތިރީގައި ވާ އެޑްރެހަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

މއ. ސެމީ ޑީލް، 2 ވަނަ ފަންގިފިލާ،

ޗާންދަނީ މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ.

28 ސެޕްޓެންބަރު 2016