ދިވެހިރާއްޖެ
ހުޅުމާލޭ ހޮސްޕިޓަލުގެ ލޯގޯ ހެދުމުގެ މުބާރާތް
ތަޢާރަފު:
- ހުޅުމާލެ ހޮސްޕިޓަލްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް އާންމުނަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތައް، ތިރީގައި ބަޔާންވެފައިވާ މުބާރާތުގެ މިންގަނޑުތަކަށް އެއްބަސްވާންވާނެއެވެ.
ބައިވެރިވުމުގެ ފުރުޞަތު:
- ދިވެހި ކޮންމެ ރައްޔިތަކަށް މި ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފާވެއެވެ.
ލޯގޯ ހުށަހެޅުމުގެ ސުންގަޑި:
- 20 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން
މުބާރާތުގެ ބައިވެރިންގެ ކިބައިން އެދެވިގެންވާ ކަންތައް:
-
ހުޅުމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތަކާ ގުޅޭ ލޯގޯއެއް ފަރުމާކުރުން
-
ފަރުމާ ކުރެވިފައިވާ ލޯގޯއާ ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ކިޔައިދެވިފައިވުން
-
ބަޔާންވެފައިވާ ފޯމެޓްތަކަށް ފަރުމާކުރެވިފައިވާ ލޯގޯ ހެދުން
- ވެބް ވާޝަން
- ސްކޭލަބަލް ވެކްޓަރ
- ޕްރިންޓް ކޮލިޓީ ވާޝަން
-
ލޯގޯ ފޮނުވައްވަން ވާނީ: [email protected]
-
ފުރިހަމަ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރެއް ހުށަހެޅުމުގައި ހިމެނުން
މިންގަނޑުތައް:
-
ލޯގޯ ވާންވާނީ ޒަމާނީ، އުފެއްދުންތެރި، އަމިއްލަވަންތަ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މަސައްކަތްތަކާ ގުޅުން ހުރި ލޯގޯއަކަށެވެ.
-
ހުޅުމާލޭ ހޮސްޕިޓަލުގެ ނަން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެވިފައި ވާންވާނެއެވެ.
-
ފަރުމާގައި ބޭނުންކުރާ ކުލަތައް ފަށުވިވާންވާނެއެވެ. އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
ފޯމެޓް:
-
.png, .jpeg, .psdމި ތިން ފޯމެޓުގައި ލޯގޯ ހުށަހަޅަންވާނެއެވެ.
-
ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 300 dpi އެވެ.
-
ލޯގޯގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓްއެއް ފޮނުވަންވާނެއެވެ. (10MB އަށް ވުރެ ކުޑަ)
-
ލޯގޯގައި ބޭނުންކޮށްފައިވާ ފޮންޓަކީ ސްޓެންޓަރޑް ފޯންޓެއް ކަމުގައި ނުވާނަމަ، އެ ފޮންޓެއް ލޯގޯއާއެކު ހުށަހަޅަންވާނެއެވެ.
-
ލޯގޯ ހޮވިއްޖެކަމުގައި ވާނަމަ، ލޯގޯގެ ހައި-ރިސޮލިއުޝަން ވެކްޓަރ ފައިލެއް ހުށަހަޅަންވާނެއެވެ.
ލޯގޯ ހޮވުމުގެ އުސޫލު:
-
ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.
-
އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
އިނާމު:
- 1 ވަނައަށް ހޮވޭ ފަރާތަކަށް ލިބޭ އިނާމަކީ -/10,000 (ދިހަ ހާސް) ރުފިޔާއެވެ.